ޔާމިޒު ލިޔެފޮނުވި ސިޓީ. 1. މި ސިޓީ އަކީ މާތްރަސްކަލާނގެ އަދި މާތްސާހިބު އީސާ އަލްމަސީޙުގެ ޚާދިމު ޔާމިޒުގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. އަހަރެންގެ ތަހުނިޔާއަށް ފަހު އަލްމަސީޙަށް އީމާންވެގެން ތިބި ބަނީ އިސްރާއީލުގެ ބާރަ ގަބީލާގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައިވާ ފަރާތްތަކަށް ލިޔަމެވެ. އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ތަފާތު މުސީބާތްތައް ކަލޭމެންނަށް ކުރިމަތިވާ ހިނދު ފުންކޮށް ވިސްނުމުގައިވެ އުފަލެއް ކަމުގައި ދެކޭށެވެ. ސަބަބަކީ މިކަންތައްތަކުން ކަލޭމެން ތަޙައްމަލު ކުރާ ކުރުމުގެ ނަތީޖާއަކީ އީމާންތެރިކަމުގައި ކަލޭމެން ދެމި ތިބުމުގެ ގާބިލުކަން ލިބިގެންވާކަން އެނގިގެންވުމެވެ. އެހެންވެ އެންމެހާ މުސީބާތްތަކަށް ކެތްތެރިވުމަށް ދަސްކުރާށެވެ. އޭރުން ކަންކަމަށް ދަހިވެތިނުވެ ރޫޙާނީ ގޮތުން ކަލޭމެން ފުރިހަމައަށް ތަސައްރަފުފުދި ދެއެވެ. މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތު ވޭތުކުރުމުގެ ޙިކުމަތް ކަލޭމެންގެ ތެރެއިން އެއްވެސް މީހަކަށް ލިބިގެންނުވާނަމަ އެކަލާނގެ ކިބަފުޅަށް އެމީހަކު އެދި ދަންނަވާށެވެ. އަދި އެފަދައިން އެދޭ އެންމެތަކުންނަށް ފާޑުކިޔުމެއްނެތި ދީލަތިކަމާއެކު އެކަލާނގެ ޙިކުމަތް ދެއްވާނެއެވެ. ނަމަވެސް މީހަކު މާތްރަސްކަލާނގެ ކިބަފުޅަށް ކަމަކަށް އެދި ދަންނަވާ ހިނދު އޭނާގެ ހިތުގައި އެކަމަކާއި މެދުގައިވާ ޝައްކުތަކުން އެއްކިބާވެ ހުރެ އެކަލާނގެ އާއިމެދު އިތުބާރު ކުރާންވާނެއެވެ. ސަބަބަކީ އެކަލާނގެ އާއިމެދުގައި ޝައްކުތަކެއް އުފެދިފައިވާ މީހާގެ މިސާލަކީ މާކަނޑުގެ ރާޅުތަކަށް ގަދަވައި ކުރިމަތިވެ ފެތުރިގެންދާފަދަ މިސާލެވެ. މިފަދަ މީހުންނަށް މާތްރަސްކަލާނގެ ކިބަފުޅުން އެއްވެސް ކަމެއް ލިބިދޭނޭ ކަމަށް އުންމީދު ކުރުމުގެ ބޭނުމެއް ނެތެވެ. މިފަދަ މީހުން ތިބޭނީ ދެފުށަށް ކެނޑިކެނޑިއެވެ. އަދި އެފަދަ މީހުން ކުރާ ކޮންމެ ކަމެއް ވަނީ ހަމަޖެހުމެއް ނުވާ ގޮތުގައެވެ. ފަޤީރު ޙާލަތުގައިވާ މަސީޙީން ފަޚުރުވެރިވާށެވެ. އެއީ އެފަދަ މަސީޙީންނަށް މާތްރަސްކަލާނގެ ރޫޙާނީ މުއްސަނދިކަމެއް ދެއްވައި އުފުއްލަވައެވެ. ނަމަވެސް މުއްސަނދިކަމުގައިވާ ފަރާތްތަކުގެ ފަޚުރުވެރިވާންވީ މާތްރަސްކަލާނގެ އެމީހުންގެ ހިތްތިރިކުރެއްވި ކަމަށްޓަކައެވެ. އެހެނީ މުއްސަނދިން ނެތިގެން ދަނީ ގަހުގައި އިންނަ މައު މިލައި މޯޅިވެދާ ފަދައިންނެވެ. މުއްސަނދިންނަށް ޙާސިލު ކުރެވިފައިވާ އެންމެހާ ތަކެތި އެބައިމީހުންގެ އަތުން ނެތިގެން ދަނީ އިރު އޭގެ ގަދަފަދަ ހޫނުކަމާއެކު އަރައިގެން އައިސް ގަސްތަކުގެ ފަތްތައް މިލައިމޯޅި ކުރުވައި އޭގެ މައު ވެރި އަދި އޭގެ ރީތިކަން ނެތިގެންދާ ފަދައިންނެވެ. އަދި އެފަދަ މީހުން ނިމިގެންދާނީ އެބައިމީހުންގެ ވިޔަފާރިއާއިމެދުގައި އަވަދިނެތި އުޅޭ ޙާލުގައެވެ. އުފާވެރި ކަމުގައިވާ މީހުންނަކީ ކުރިމަތިވާ މުސީބާތްތަކަށް ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނެވެ. މިފަދަ ފަރާތްތަކަށް ޙަޔާތުގެ ތާޖު ލިބިދެއެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ދެކެ ލޮބުވެތިކަމުގައިވާ އެންމެތަކުންނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި އިނާމުވެސްމެއެވެ. ނުބައި އަމަލުތައް ކުރަން ހިތްޖެހޭ ހިނދު މާތްރަސްކަލާނގެ އާއިމެދު ތުހުމަތު ކުރުމުގައި ”އަހަރެން ވަސްވާސްތަކުގެ ތެރެއަށް ގެންދިޔައީ މާތްރަސްކަލާނގެއޭ.“ މިފަދައިން ނުބުނާށެވެ. މާތްރަސްކަލާނގެއަށް ވަސްވާސް ދިނުމަށް ޝައިތާނާއަށް ކުޅަދާނަވެގެން ނުވެއެވެ. އަދި ހަމައެހެންމެ އެއްވެސް ފަރާތަކަށް މާތްރަސްކަލާނގެ ވަސްވާސް ނުދެއްވައެވެ. އަހަރެމެން ވަސްވާސްތަކުގައި ޖެހި ގެނބިގެންދަނީ އަހަރެމެންގެ އަމިއްލަ ނަފްސުގައިވާ ނުބައި އެދުންތަކުންނެވެ. މިނުބައި އެދުންތައް ފާފަވެރި އަމަލުތައް އުފަންކުރުވައެވެ. އަދި މި ފާފަވެރި އަމަލުތައް ގެނެސްދެނީ މަރުވެ ދިއުމެވެ. އެހެންވީމާ އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކަލޭމެން މަކަރުގައި ނުޖެހޭށެވެ! ކޮންމެ ރަނގަޅު އަދި ފުރިހަމަ ހަދިޔާއެއް ލިބިދެނީ އުޑުގައި ވޮޑިގެންވެ ބަބުޅަމުންދާ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ބައްޕާފުޅު މާތްރަސްކަލާނގެ ޙަޟުރަތުންވެސް މެއެވެ. އުޑުގައިވާ އެ ތަކެތި އޭގެ ދައުރާނާ އަދާކުރަމުން ދާހިނދު އައްޔާއި ހިޔަންޏަށް ބަދަލު އަންނަމުން ދެއެވެ. އެފަދަ ތަކެތި ބަދަލުވެ ދިޔަސް މާތްރަސްކަލާނގެ ބަދަލުވުމެއްނެތި ދެމިވޮޑިގެންވެއެވެ. އަދި އެކަލާނގެ މަތިވެރި އިރާދަފުޅުން އަހަރެމެންނަށް ޙައްޤު ބަސްފުޅު ދެއްވީ އެބަސްފުޅު މެދުވެރިކޮށް އަހަރެމެން އެކަލާނގެ ދަރިންގެ ގޮތުގައި އުފަން ކުރެއްވީ އެކަލާނގެ އުފެއްދެވި އެހެނިހެން މަޚުލޫގުންގެ އިސްސަފަށް ގެންދެވުމަށެވެ. އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވޭ. ހަނދާނުގައި މިކަން ބަހައްޓާށެވެ! އަނެކުންގެ ވާހަކަތަކާ މެދު ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. ކަލޭމެންގެ ވާހަކަތަކަށް ފަސްޖެހޭށެވެ. ސިނގުރުޅި ނަންނާށެވެ. ސަބަބަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ އިޚުލާސްތެރި ޙަޔާތެއްގައި ވުމަށް ކަލޭމެންނަށް ރުޅި އެހީތެރިވެ ނުދޭނޭތީއެވެ. އެހެންވީމާ ނުބައިވެގެންވީ އެންމެހާ އަމަލުތަކުންނާއި ލަދުޙަޔާތްކުޑަ ކަންތައްތަކުން ކަލޭމެންގެ ނަފްސު އެއްކިބާ ކުރުވާށެވެ. އަދި ކަލޭމެންގެ ހިތްތަކުގައި މާތްރަސްކަލާނގެ އިންދަވައިދެއްވި ބަސްފުޅު ހިތްތިރިކަމާއެކުގައި ބަލައިގަންނާށެވެ. އެ ބަސްފުޅުގައި ކަލޭމެންގެ ޙަޔާތު ސަލާމަތް ކުރުމުގެ ބާރު ވެއެވެ. މާތްރަސްކަލާނގެ އުނގަންނައިދެއްވި ތަކެތީގައިވާ ގޮތަށް އަމަލު ކުރާށެވެ. އެތަކެތި އަޑުއަހައި އަދި އަމަލު ނުކުރާނަމަ ކަލޭމެން އަމިއްލައަށް ކަލޭމެންގެ ނަފްސުތައް މޮޔަ ހައްދު ވަނީއެވެ. މާތްރަސްކަލާނގެ އުނަގަންނަވައި ދެއްވި ތަކެތީގެ އަޑުއަހައި އެތަކެއްޗަށް އަމަލުނުކުރާ މީހުންނީ މޫނުބަލާ ލޯގަނޑަކުން އެބައިމީހުންގެ ސޫރަ ބެލުންފަދަ ބައެކެވެ. އެއީ އެބައިމީހުންނަށް އެބައިމީހުންގެ މޫނު ފެނެއެވެ. އަދި އެ ލޯގަނޑުގެ ކުރިމަތިން ދިއުމުން އިސާހިތަކު އެމީހުންގެ ޙަގީގީ ސޫރަ ހަނދާންނެތިދެއެވެ. ނަމަވެސް މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ޤާނޫނު ފަރުވާތެރިކަމާއެކު ބެލުމުން ކަލޭމެންނަށް މިނިވަންކަން ލިބިދެއެވެ. އެ ޤާނޫނުގައި ބުނާ ފަދައިން ކަލޭމެން އަމަލުކޮށް އަދި އޭގައިވާ ތަކެތީގެ އަޑުއަހައި ހަނދާން ނައްތައި ނުލާނަމައެވެ. އޭރުން މާތްރަސްކަލާނގެ ކުރާ ހުރިހާ ކަމެއްގައި ރަޙުމަތް ލައްވައެވެ. ކަލޭމެންގެ ތެރެއިން އެއްވެސް މީހަކު ދީންވެރިޔެއް ކަމުގައި ދެކެމުހެއްޔެވެ؟ ނަމަވެސް ދޫ ރައްކާތެރި ކުރެވިގެންނުވާ މީހާގެ ދީންވެރި ކަމުގެ އަގެއް ނެތެވެ. އަދި އެމީހަކަށް އެ މަކަރު އެ ހެދެނީ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. މާތްރަސްކަލާނގެ މަތިވެރި ބައްޕާފުޅުގެ ޙަޟުރަތުގައި ސާފު އަދި ސައްޙަ ދީނަކީ މިއެވެ: މުހުތާދެއްގައިވާ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެ އަޅާލުމާއި އަދި ދުނިޔަވީ ނުތާހިރުކަމުން ސަލާމަތް ވެގެން ވުމެވެ.