ތިމޮތީއަށް ދެވަނަ ސިޓީ. 4. އީސާ އަލްމަސީޙު ރަސްކަލަކު ކަމުގައި އަންނަ ދުވަހު އެކަލޭގެފާނު ވާނީ އެންމެހާ މީސްތަކުންގެ މައްޗަށް އިންސާފު ކުރައްވާނޭ ފަރާތް ކަމުގައެވެ. ދިރި ތިބީންނަށާއި މަރުވެދިޔަ މީހުންގެ މައްޗަށެވެ. އެހެންވީމާ މާތްރަސްކަލާނގެ އަދި އަލްމަސީޙު ހެކިކޮށް ތިބާއަށް އަހަރެން އަމުރު ކުރަމެވެ. މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ. ސައްޙަ ތައުލީމެއްގެ އަޑުއަހަން މީސްތަކުންނަށް ކެތްނުކުރެވޭނެ ފަދަ ދުވަހެއް އަންނާނެއެވެ. އޭގެ ބަދަލުގައި އެމީހުން އަހާހިތްވާނީ އެމީހުންގެ ކަންފަތްތަކުގެ ކެހުން ފިލާފަލަ ބަސްތަކެވެ. އެމީހުން ހިތް އެދޭ އެފަދަ ބަސްތައް ބުނާ އެދުރުން ވަށާލެވޭތޯ އެމީހުން ބަލާނެއެވެ. އެމީހުން ޙަޤީޤީ ބަސްތައް އަޑުއެހުން ދޫކޮށްލައި އެމީހުން އެނބުރި ގަންނާނީ ފުލޯކުވާހަކަތަކުގެ ފަހުން ދިއުމަށެވެ. އެކަމަކު ކޮންމެ ޙާލަތެއްގައިވެސް ތިބާގެ ވިސްނުން ސާފުކަމާއެކު ބަހައްޓާށެވެ. މާތް ސާހިބާއަށްޓަކައި އުފުލަންޖެހޭ ވޭން ބަރުދާސްތު ކުރާށެވެ. އަލްމަސީޙުގެ ކިބަޔަށް މީސްތަކުން ގެނައުމަށް މަސައްކަތް ކުރާށެވެ. ތިބާއަށް މާތްރަސްކަލާނގެ ދެއްވި އުނގަންނައި ދިނުމާއެކު މަސައްކަތް ފުރިހަމަ ކުރާށެވެ. އަހަރެން ނިމިދިއުމުގެ ވަގުތު މިހާރު މިވަނީ އައިސްފައެވެ. އަދި އަހަރެންގެ ޙަޔާތު މިވަނީ މާތްރަސްކަލާނގެއަށްޓަކައި ހުށަހެޅުމަށް ތައްޔާރުވެފައިވާ ޙާލަތެއްގައެވެ. އަހަރެންނަށް ކުރެވުނީ ރަނގަޅު ހަނގުރާމައެކެވެ. އަހަރެން އީމާންކަމުގައި ދެމިހުރެ ޙަޔާތުގެ ރޭސް ނިންމީމެވެ. މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށްވެސް ލިބިގެންދާނެއެވެ. ވީހާވެސް އަވަހަށް އަހަރެން ދުށުމަށް ތިބާއަށް އާދެވޭތޯ މަސައްކަތް ކުރާށެވެ. ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ. އަހަރެންގެ ކައިރީގައި ހުރީ ލޫކާސް އެކަންޏެވެ. ތިބާ އަންނައިރު މަރުކުސް ހޯދައި އޭނާ ގޮވައިގެން އައުން އެދެމެވެ. އެހެނީ އަހަރެންގެ މި މަސައްކަތަށް އޭނާގެ އެހީތެރިކަން އަހަންނަށް ލިބޭނެއެވެ. އަހަރެން ތިޚީކުސް އެފޭސުސްއަށް ފޮނުވައިފީމެވެ. ތިބާ އަންނައިރު ތުރުއަސްގެ ކަރިޕޫހު އަތަށް އަހަރެން ދީފައިވާ އަހަރެންގެ ކޯޓް ގެނެސް ދޭށެވެ. ތިބާ އަންނައިރު އަހަރެންގެ ފަތްތޫރަތައް ހަނދާން ނައްތާނުލާ ގެނެސް ދިނުމަށް އެދެމެވެ. އަދި ޚާއްސަކޮށް ކަންބަޅި ހަމުގައި ތައްޔާރުކޮށްފައިވާ ފަތްފުށްތަކެވެ. ކަފުލޮއިގެ މަސައްކަތްކުރާ އިސްކަންދަރު ވަރަށް އިހާނެތިކޮށް އަހަންނާއި މެދު އަނިޔާވެރި ވިއެވެ. މާތްސާހިބާ އޭނާގެ އަމަލުތަކަށް ޙައްޤު ޖަޒާ ދެއްވާނެވެ. އޭނާ އާއިމެދު ސަމާލު ވާށެވެ. އެއީ އަހަރެމެންގެ އުނގަންނައިދިނުން ތަކާއި މެދު އޭނާ ވަރަށް ދެކޮޅުވެރި ވީމައެވެ. ފުރަތަމަ ފަހަރަށް އަހަރެން އިންސާފުގެ ކުރިމައްޗަށް ގެނެވުނު ހިނދު އެއްވެސް މީހަކު އަހަންނާއިއެކުގައި ނުވެއެވެ. ހުރިހާ އެންމެން އަހަރެން ދޫކޮށްލުމަށް ފަހު ދިޔައީއެވެ. މިކަމަށްޓަކައި މާތްކަލާނގެ އެމީހުންގެ ކިބައިން ބަދަލެއް ނުހިއްޕަވާށިއެވެ. ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ. އާއެކެވެ. މާތްސާހިބާ ކޮންމެ ފަހަރަކުވެސް މިފަދަ ނުބައިވެގެންވީ ކޮންމެ ހަމަލާއަކުން އަހަރެން ސަލާމަތްކޮށް އެކަލޭގެފާނުގެ ސުވަރުގޭގެ ރަސްކަމަށް އަހަރެން ގެންދަވާނެއެވެ. ހުރިހާވެސް ޖަލާލުވަންތަކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން! އަހަރެންގެ ތަހުނިޔާ ޕްރިސިލާ އަށާއި އަކީލާގެ އިތުރުން އޮނެސިޕޯރަސްގެ އާއިލާއަށް ރައްދުކޮށްދޭށެވެ. އެރަސްތުސް މިހާރު ހުންނާނީ ކޮރިންތުގައެވެ. މިލޭތުސްއިން އަހަރެން ފުރިއިރު ތުރޯފިމުސް އުޅެނީ ބަލިވެއެވެ. ފިނި މޫސުމް އައުމުގެ ކުރިން ތިބާއަށް އާދެވޭތޯ މަސައްކަތް ކުރާށެވެ. އެއުބޫލު، ޕިޔުޑެންސް، ލީނުސްގެ އިތުރުން ކިލާއުދިޔާ ވެސް ތިބާއަށް ތަހުނިޔާ ފޮނުވަމެވެ. އަދި އިތުރަށް މަސީހީންގެ އެންމެހާ ފަރާތްތައް މި ތަހުނިޔާގައި ޝާމިލު ކުރަމެވެ. މާތްސާހިބާ ރޫޙީގޮތުން ތިބާއާއެކުގައި ވާށިއެވެ. އަދި ތިޔަ އެންމެންނަށް އެކަލޭގެފާނުގެ ނިޢުމަތް ލައްވާށިއެވެ. އާމީން!