ހަރުބަސްތައް. 26. މޮޔައިންނާ ޝަރަފުވެރިކަމާ ދެމެދު އޮންނަ ގުޅުމެކޭ ޚަރީފު މޫސުމުގައި ފައިބާ ސުނޯ އެކޭ ހޫނު މޫސުމުގައި ވެހޭ ވާރެއެކޭ ތަފާތެއްނެތެވެ. ފިޔަޖަހަމުން އަންނަ ފެންފޯއް ދޫންޏެކޭ ބާރަށް އަންނަ އަބާބީލު ދޫންޏެކޭ އެއްފަދައިން ޙައްޤަކާނުލައި މީހަކަށް ލަޢުނަތެއް ނާންނާނެއެވެ. އަހާއި ހިމާރުގެ ލަގަން އަޅައި ބުރަކަށީގައި ހަންމުށިން ތަޅާހެން މޮޔައިންގެ ގައިގައިވެސް އެއްތެލުން ތަޅަން ޖެހެއެވެ. މޮޔައިންގެ މޮޔަ އަރައިރުމުގެ ތެރެއަށް ނުވަންނާށެވެ. އޭރުން ކަލެއަކީވެސް އެފަދަ މޮޔައަކަށް ވެދާނެއެވެ. މޮޔައެއްގެ ސުވާލުތަކަށް ދޭންވާނީވެސް މޮޔަ ޖަވާބެކެވެ. އޭރުން އެ ސުވާލު ކުރި މީހާއަކީ އޭނާ ހީކުރިވަރުގެ ކުޅަދާނަ މީހެއް ނޫންކަން ވިސްނިދާނެއެވެ. މޮޔައަކަށް އިތުބާރުކޮށް އޭނާގެ އަތުގައި ސިޓީއެއް ފޮނުވުމަކީ އަމިއްލަ ފައި ކަނޑާލުން ނުވަތަ ޒަހަރެއް ބުއިން ފަދަ ކަމެކެވެ. މޮޔައެއްގެ ދުލުން ބޭރުވާ ހަރުބަހެކޭ ވާގިނެތިފައިވާ ފަޔެކޭ އެއްފަދައެވެ. މޮޔައަކު ޝަރަފުވެރި ކުރުމެކޭ ސާޅަނގައެއްގައި ގާބުރިއެއް ބަނދެފައި އެއްލަން އުޅުމެކޭ އެއްފަދަ އެވެ. މޮޔައެއްގެ ދުލުން ހަރުބަހެއް ބުނުމެކޭ މަސްތުވެފައިވާ މީހާގެ އަތުގައި އޮންނަ ކަށިކުނބުރު ގޮފިގަނޑެއް ހޫރުމެކޭ އެއްގޮތެވެ. މޮޔައަކަށް ވަޒީފާ ދީގެން ގެންގުޅޭ މީހެކޭ ހިތަށް އެރި ދިމާއަކަށް ދުނި އުކާ މީހެކޭ ތަފާތެއް ނެތެވެ. ކުއްތާ ހޮޑުލުމަށް ފަހު އެ ހޮޑު ކާން އެނބުރި އަންނަހެން މޮޔަމީހާ މޮޔަކަންތައް ކުރުމަށް އެނބުރި އާދެއެވެ. ތިމާ އަމިއްލައަށް ތިމާއަކީ މާ ވިސްނޭ މީހެއްކަމަށް ހީކޮށް ހުންނަ މީހާއަށް ވުރެން އެންމެ ގަމާރު މީހާވެސް މާ ބުއްދިވެރިއެވެ. ކަންނެތް މީހާ ބުނެއެވެ. ”ބޭރުގައި ސިންގާއެއް އެބައޮތެވެ!“ ހުޅުމަތީ ހުޅުވި ލެއްޕޭ ދޮރުފަތެއް ފަދައިން ކަންނެތް މީހާ އެނދުމަތީ ހޫރެއެވެ. ކަންނެތް މީހާ އަތަށް ކާތަކެތި ނަގާފައިވެސް އަނގަޔާ ހަމަޔަކަށް ނުގެންދެއެވެ. ކަންނެތް މީހާ ހީކުރާނީ ތިމާއަކީ ޙިކުމަތްތެރި ހަތްމީހުންނަށް ވުރެން ވިސްނުންތޫނު މީހެއްކަމަށެވެ. ބަޔަކު މީހުން ކުރާ ޒުވާބުގަނޑެއްގެ ތެރެއަށް ވަނުމެކޭ ކުއްތާއެއްގެ ކަންފަތުގައި ހިފައި ދަމައިގަތުމެކޭ އެއްފަދައެވެ. މީހަކަށް މަކަރެއް ހަދާފައި އެއީ ސަމާސާއެކޭ ބުނުމެކޭ މޮޔައަކު ތޫނު އަލިފާން ތީރު އުކުމެކޭ އެއްފަދައެވެ. ދަރު ނެތް އުނދުނުގައި އަލިފާނެއް ރޮލެއް ނުވެއެވެ. ދޭތެރެޖެއްސުމެއް ނެތް ނަމަ އަރައިރުން ވުން ހުއްޓިދެއެވެ. އަލިފާން ކަންޏަކުން އަނގުރުގައި ރޯވާހާ ފަސޭހައިން އަރައިރުންވާ މީހާ ތަޅާފޮޅުމެއް ފަށައެވެ. ދެބައޮޑުވާ މީހާގެ ބަސްތަކަށް ވުރެން މީރު ކާއެއްޗެއް ނުހުރެއެވެ. އެބަސްތައް އަނގަޔަށް ވިރި ހިތުގެ ފުންމިނަށް ވަދެގެންދެއެވެ. މުށި ގުޅިއެއްގެ ބޭރުގައި ލާފައި ހުންނަ އޮފެއް ފަދައިން އޮމާން ބަސްތައް މަކަރުވެރި ނިޔަތް ފޮރުވައެވެ. ބައެއް މީހުން އެމީހުންގެ ހިތުގައިވާ ނަފްރަތުކަން އެމީހުން ބުނެލާ އޮމާން ބަސްތަކަކުން ފޮރުވާލައެވެ. އަސްލުގައި އެމީހުން ކަލެއަށް އޮޅުވާލަނީއެވެ. އެމީހުން މާ އޯގާވެރިކަމަށް ހެދިގެން އުޅެނީއެވެ. އެކަމަކު އެމީހުންގެ ހިތްތަކުގައި ވަނީ ނަފްރަތު ކަމެވެ. އެމީހުންގެ ނަފްރަތުކަން މަކަރަކުން ފޮރުވައިގެން އުޅުނަކަސް އެމީހުން ކުރާކަންތަކުން އެންމެތަކުންނަށް އެކަން ފަޅާ އަރާނެއެވެ. މީހަކު ވައްޓަން އަނދަވަޅެއް ކޮނެފި މީހާ އެ އަނދަވަޅަށް ވެއްޓޭނެއެވެ. މީހެއްގެ ބޮލަށް ވައްޓާލަން ގަލެއް އުފުލައިފި މީހާ އެ ގާދަށު ވާނެއެވެ. ދޮގުވެރިޔާގެ ދޮގު ބަސްތަކުން އޭނާ ނަފްރަތުކުރާ މީހާ ޗިސްޗިސް ކުރެއެވެ. ޚުޝާމަދު ކުރާ އަނގައިން ފަނާ ކުރެއެވެ.